ENGLISH
05 ޖޫން 2026
މަތީ ތައުލީމު އުނގެނެން ބޭނުންވާ ދަރިވަރުންނަށް ފަހި ފުރުސަތެއް!
05 ޖޫން 2026
|
މައުމޫން ފައުންޑޭޝަނާއި އެމްޑަބްލިޔުއެސްސީއާ ދެމެދު ވެވެނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޑަބްލިއުއެސްސީ
އެންމެ މަޤްބޫލު
ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މައުމޫން ފައުންޑޭޝަނާއި އެމްޑަބްލިޔުއެސްސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނިގޮތުގައި މިއީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިނިޝިއޭޓިވްސްގެ ދަށުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު މުހިންމު އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ދަށުން، މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ ޔުނިވަރސިޓީގައި މާސްޓަސް ޑިގްރީ ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ ފަހުމީ ވިދާޅުވީ، މައުމޫން ފައުންޑޭޝަނުން ކުރާ މަސައްކަތްތަކުގައި އެ ކުންފުނީގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށެވެ.