ENGLISH

05 ޖޫން 2026

Advertisement

އައްޑޫ ސިޓީ ލިންކްރޯޑް ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް

05 ޖޫން 2026

|

އާމިނަތު ނުޒްލާ

އައްޑޫ ސިޓީ ލިންކް ރޯޑް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ:އާރުޑީސީ

އައްޑޫ ސިޓީގެ ލިންކް ރޯޑް ތަރައްގީކުރުމަށް ބޭނުންވާ ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.  

އެ ކޯޕަރޭޝަންއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ ލިންކް ރޯޑް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން، މަގު ފުޅާކުރުމަށާއި އިތުރު ލޭންތައް ތަރައްގީކުރުމަށްޓަކައި މިހާތަނަށް ޖުމްލަ 4،120 މީޓަރުގެ ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި ހުރި ރުއްތަކާއި ގަސްތައް، އެހެން ތަންތަނަށް ބަދަލުކުރުމަށްޓަކައި ނަގަމުން އަންނަކަމަށްވެސް އާރުޑީސީއިން ބުނެފައިވެއެވެ.

އައްޑޫ ސިޓީ ލިންކް ރޯޑް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ:އާރުޑީސީ

އައްޑޫ ސިޓީގެ ލިންކް ރޯޑް ތަރައްޤީކުރުމުގެ މަޝްރޫއު ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މި މަގު ވަރަށް ބޮޑަށް ހަލާކުވުމާ ގުޅިގެން، އެމަގުން ދަތުރުކުރާ ފަރާތްތަކަށް ގިނަ ތަކްލީފްތަކެއް އުފުލަންޖެހި، އެކަމުގެ ޝަކުވާތައް ގިނަވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.  

މި މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އާރުޑީސީއިން އިތުރަށް ބުނީ، މި މަޝްރޫއުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރާއިރު، އައްޑޫ ސިޓީގައި ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނުނިމި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ޖުމްލަ 67.58 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ.

އާރްޑީސީގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ. މި މަޝްރޫއު ނިމުމުން އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އައިސް، ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު