ENGLISH
04 ޖުލައި 2025
ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ފެނިއްޖެއްޔާ ރައީސް ޑރ. މުޢިއްޒު އެކަމަށް ވަގުތުން ފިޔަވަޅު އަޅުއްވާނެ: މެންބަރު އިބްރާހިމް
22 ޑިސެމްބަރު 2024
|
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު އެމްއެމްޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި.
ކޮރަފްޝަންގެ އެއްވެސް ޢަމަލަކަށް ރަރީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށާއި، ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށާއި އެހެންނަމަވެސް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ކުށްވެރިކުރަށްވާފައިނުވާ ކަމެވެ. އެމްޑީޕީ ވެރިކަމަށް އައީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވާނެކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި، އެމްޑީޕީން އޭގެ ކުރީގެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ނުބަލައި ފަސްއެޅިއިރު، ފެނިގެން ދިޔައީ އެމްޑީޕީގެ ވެރިންގެ ފަރާތުންވެސް އެތައް މިލިއަން ރުފިޔާއެއްގެ ކޮރަޕްޝަން ހިންގަމުންދިޔަތަން ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
"ރައީސުލް ޖޫމްހޫރިއްޔާ ޑރ، މުހައްމަދު މުޢިއްޒު އެއްގޮތަކަށް ވެސް އެދިވަޑައިގަންނަވާ ކަމެއްނޫން ރައްޔިތުންގެ މުދަލަށް، މީހަކަށް ތުހުމަތުވާ ކަމެއް އޮވެއްޖެއްޔާ ވަގުތުން އެއަށް ފަހިޔަވަޅު އަޅުއްވާނެ، މިއީ ވަރަށް ރީތި ރައްޔިތުން ބަލައިގަން ސިފައެއް، އަޅުގަނޑު މިއަދު އުފާކުރަން ރައީސް ޑރ. މުޢިއްޒު ހޮވުމަށްޓަކައި ވޯޓު ދެވުނު މީހުންގެ ތެރޭގައި ހިމެނުނީތީ، އެއީ ރައްޔިތުން ބޭނުންވީ މިގޮތޭ، އެއީ ރައްޔިތުންގެ އެއްވެސް މުދަލަކަށް ގެއްލުމެއް ވާހެން ހީވަންޏާ ރިޔާސަތުން އެކަން ބެލުން،" އެނާ ވިދާޅުވި އެވެ.
އިބްރާހިމް ވިފާޅުވީ ރައީސް ޑރ. މުޢިއްޒު މިއަދު، މީޑިޔާ އަކަށް ދެއްވި އިންޓަވިއުއެއްގައި، ކޮރަޕްޝަން ކުށްވެރިކުރައްވާ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާ ފަރާތަކަށް ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވުމަކީ އެކަމުން ރައްޔިތުންނަށްވެސް އިތުބާރުލިބި، ކޮރަޕްޝަން ހުއްޓުވަން ބާރަކަށް ވާނެ ކަމަށެވެ.
"ރައީސްގެ އެ ސްޓޭޓްމަންޓަކީ ވަރަށް މުހިންމު ހާތިޔާރެއް ރައްޔިތުންގެ މުދާ ހިމާޔަތް ކުރުމަށްޓަކައި، ރައީސަކަށް ހުންވާ ބޭފުޅަކު ކޮންމެހެންވެސް އެބަ އަންގަވަން ޖެހޭ ވައްކަމެއް ނުވަތަ ކޮރަޕްޝަނެއް ފަސާދައެއް ކުރާ މީހަކަށް އަމާންކަމެއްނެތްކަން މި ވެރިކަމުގައި، އެމީހަކަށް ފިލައިގެން ނުހުރެވޭނެކަން،" އޭނާ ވިދާޅުވިއެވެ.
އިބްރާހިމްގެ ވާހަކާގައި މިދިޔަ ސަރުކާރުން ހިންގާފައިވާ ވަރަށް ގިނަ ކޮރަޕްޝަންގެ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ތެރޭގައި ވެންޓިލޭޓަރުގެ މަސައްލައިގެ އިތުރުން ކޮވިޑް ފެސިލިޓީ ތަރައްޤީކުރުމުގެ ނަމުގައި އެމްޑީޕީއާ ގުޅުން އޮންނަ ރިސޯޓް އޯނަރުންގެ ރިސޯޓްތައް މަރާމާތު ކުރުމަށްވެސް ދައުލަތުގެ ބަޖެޓުން ފައިސާ ނަހަމަ ގޮތުގައި ދޫކުރުމަކީ ކޮރަޕްޝަން ކަމަށެވެ. އަދި، އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް ބަދުއަޚުލާގީ މައްސަލަތަކެއް ތުހުމަތު ކުރެވިފައިވަނިކޮށް، އޭނާ ރާއްޖެއިން ބޭރަށް ފުރުވާލައި، މައްސަލަ އޮއްބާލުމަކީ ވެސް ކޮރަޕްޝަން ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
"މައްސަލައިގެ ދެކޮޅަށް ބަލާއިރު، އަޅުގަނޑުމެންނަށް އަޑުއިވިގެން މިދަނީ އެޗްޑީސީން ގޯތިތަކެއް ވިއްކި ވާހަކަ، ހިލޭދިން ވާހަކައެއްނޫން، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ ބިންތައް އެމީހުން ބެނުންވާ ބަޔަކަށް ހަމަ ހިލޭ ބަހާލީ، ސަބީލިﷲ އަށް، ވިއްކި މީހުން މި ކުށްވެރިވަނީ،" މިހާރު ފެންމަތިވެފައިވާ، ހުޅުމާލޭގެ ބިންތަކެއް ވިއްކި މައްސްލައަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާ އަކާއި މުދާ އެކި ފަރާތްތަކަށް ދިނުން ކުށްވެރިކުރައްވާ، މި ސަރުކާރުން އެކަން ހުއްޓުވުމަށް މަސައްކަތްކުރެއްވިކަން އިބްރާހިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވެރިންނާއި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮރަޕްޝަންގެ އެއްވެސް ކަމަކަށް ފުރުސަތެއް ނުދެއްވާނެކަމަށެވެ.