ENGLISH
05 ޖޫން 2026
އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު 80،000 އަށް
05 ޖޫން 2026
|
އެންމެ މަޤްބޫލު
އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 80,000 އަށްވުރެ މައްޗަށް އަރައިފިއެވެ.
މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ރާއްޖެއަށް 80,881 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 142,555 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރްކުރި ފަތުރުވެރިންނާ އަޅާބަލާއިރު 2،344 އިތުރުވުމެކެވެ. މިދިޔަ އަހަރު މޭ މަހު ރާއްޖެ އައިސްފައިވަނީ 140,211 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އުޅެނީ ޗައިނާ އެވެ. އެގޮތުން މިހާތަނަށް ޗައިނާއިން ރާއްޖެއަށް 145,702 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރަޝިއާއިން 127,460 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު އިނގިރޭސިވިލާތުން ރާއްޖެއަށް 80,881 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު:
އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 71.1 އިންސައްތަ ނުވަތަ 660,199 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 24.1 އިންސައްތަ އެވެ. އެއީ، 223,313 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ހޮޓާތަކަށް 23,539 ފަތުރުވެރިންއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 19,987 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓު އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.