ENGLISH

05 ޖޫން 2026

Advertisement

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ އިލްތިމާސް؛ ރާއްޖެ ފެހިކުރުމަށް މަސައްކަތްކުރަމާ

04 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ފަސް މިލިއަން ގަސް ޕްރޮގުރާމު ފައްޓަވައިދެއްވުމަށް ރައީސް ގަހެއް އިންދަވައިދެއްވަނީ

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ހެޔޮ އެދުންތަކާއި ތަހުނިޔާ އަރިސްކުރެއްވުމާއެކު ރާއްޖެ ފެހިކުރުމުގެ މަސައްކަތުގައި އެންމެން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. 

ސަރުކާރުގެ ހަބަރުތަކާއި މައުލޫމާތު ގެނެސްދިނުމަށް މީސްމީޑިޔާ މަންްސަތަކުގައި ގާއިމުކޮށްފައިވާ "ދަ ފީޑް އެމްވީ" މެދުވެރިކުރައްވައި އާއްމުކުރެއްވި މެސެޖުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ތިމާވެށިގެ ދުވަހުގައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތްކުރުމަށް ކަމަށެވެ. 

ކޮޕް-26 ސަމިޓުގައި ރައީސް އިއުލާނުކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ހުރިހާ އެންމެން ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގައިދިނުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށެވެ. 

"މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަކީ އަޅުގަނޑު ހަމަހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމެއް. އަދި ހާއްސަކޮށް ޒުވާނުންގެ ކިބައިން އެދެން މިކަމުގައި އިސްނަގައިގެން ރާއްޖޭގައި ގަސް އިންދުމުގެ ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް،" ރައީސް ވިދާޅުވިއެވެ. 

ތިމާވެށި ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ރައީސް ފައްޓަވާފައިވެއެވެ. ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ އިތުރަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތެރެއިން 33 އިންސައްތައަކީ އިއާދަކުރަނަވި ހަކަތައިގެ ވަސީލަތްތަކުންް އުފައްދާ ހަކަތައަށް ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި، ރަށްރަށުގައި ހަރުދަނާ ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ ނިޒާމުތައް ގާއިމުކުރެއްވުމަކީ އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ބައެއް ކަންކަމެވެ. 

އޭގެ އިތުރަށް ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއިން ވަކާލާތުކުރާ ކަންކަމުގެ ތެރޭގައި އެންމެ އިސްކަމެއްދޭ އެއް ކަމުގެ ގޮތުގައި މޫސުމީ ބަދަލުތަކުން ނޭދެވޭ އަސަރުކުރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލިބޭނެ ހަރުދަނާ ދެމެހެއްޓެނެވި އިންތިޒާމުތަކެއް އެކަށައެޅުން ހިމަނުއްވައި އެކަމަށް ތަފާތު މަންސަތަަކުގައި ސީދާ ރައީސް ވަކާލާތުކުރައްވާފައިވެއެވެ. 

ދައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ތަމްސީލުކުރާ އެކި ފޯރަމްތަކުގައި ލީޑާޝިޕު ދައުރެއް ރައީސްގެ ޒައާމަތުގައި ރާއްޖެއިން އަންނަނީ އަދާކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު