ENGLISH

05 އޭޕްރީލު 2025

Advertisement

ކުރީގެ މާލީ ވަޒީރު ޑރ. ޝަފީޤު އެޗްޑީއެފްސީގެ ބޯޑަށް

22 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ކުރީގެ މަލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު-- ފޮޓޯ/ޕީއެސްއެމް

މާލީ ވަޒީރުގެ މަޤާމުގައި ކުރިން ހުންނެވި ޑރ. މުޙައްމަދު ޝަފީޤު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް އައްޔަން ކުރައްވައިފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ވެބްސައިޓުން ދައްކާ ގޮތުން ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް އައްޔަންކުރައްވާފައި ވަނީ މި މަހު 2 ވަނަ ދުވަހުއެވެ.

ޝަފީޤު ވަނީ 17 ނޮވެމްބަރ 2023 ގައި މާލީ ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަޤާމު އަދާކުރައްވައިފައެވެ. މާލީ ވަޒީރުކަމުން ޝަފީޤު އިސްތިއުފާދެއްވީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.

އެޗްޑީއެފްސީއަކީ ގެދޮރު ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، އުފެއްދި ކުންފުންޏެކެވެ. އެކުންފުނި 2008 ވަނަ އަހަރު ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރި ފަހުން ސަރުކާރުގެ ހިއްސާ އަކީ 49 ޕަސެންޓެވެ.

ކިޔުންތެރިންގެ ހިޔާލު