ENGLISH
04 ޖޫން 2026
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގއ އިން ގދ އަށް ރީނދޫ ސަމާލު
04 ޖޫން 2026
|
ބޯކޮށް ވާރޭ ވެހޭ ދުވަހެއް- ފޮޓޯ: އެޓޯލް ޓައިމްސް
އެންމެ މަޤްބޫލު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން، މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:15 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.
މެޓް އިން ބުނީ، ރީނދޫ ސަމާލު ނެރެފައިވާ މި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މީގެ ކުރިން މި ހިސާބުތަކަށް މެޓް އިން ވަނީ ހުދު ސަމާލު ނެރެފައެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަސްވަރެވެ. އަދި ރާއްޖޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެކަމަށް މެޓް އިން ބުނެފައިވެއެވެ.
އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށް ވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މަގުމަތީގައި ދުއްވާ ފަރާތްތަކުންވެސް ސަމާލުކަންދޭންވި ކަންތައްތައް، ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅުން ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.