ENGLISH
04 ޖޫން 2026
މިފްކޯ ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: ސީއީއޯ އަނަސް
04 ޖޫން 2026
|
މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް
އެންމެ މަޤްބޫލު
ޒަމާޏުއްސުރެ މިފްކޯ ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު އަނަސް ވިދާޅުވެެއްޖެއެވެ.
ސީއީއޯ މިފަދައިން ވިދާޅުވީ، ކުންފުނީގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކުރެއްވި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އޭނާ ވަނީ މިފްކޯ ޒަމާނީ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކޮށް މިފްކޯއަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ ތަސައްވުރު ގެންގުޅުއްވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް އެ ކުންފުނީގެ މާލީ ގާބިލުކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން" ސިއީއޯ އަނަސް ވިދާޅުވިއެވެ.
މި ބަދަލުތަކުން ހެޔޮ ނަތީޖާއެއް ފެންނާނެ ކަމުގެ ޔަގީންކަންދެއްވައި ސީއީއޯ ވަނީ ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަހުލާގު ހިފައްޓައި، ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް އެދިވަޑައިގެންަފައެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ރަނގަޅު ކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފައިވެއެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސީއީއޯ ގެންދަވަނީ ހެޑް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް މިފްކޯއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ސެންޓަރުތަކަށް ދަތުރުކުރައްވައި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވަމުންނެވެ.
އެގޮތުން، ގއ. ކޫއްޑޫގައި ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެތަނުގެ ހާލަތު ބައްލަވައި ރަނގަޅު ކުރަން ހުރި ކަންކަމަށް ފިޔަވަޅު އަޅުއްވަން ފައްޓަވާފައިވެއެވެ.