ENGLISH
04 ޖޫން 2026
މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
04 ޖޫން 2026
|
މަސްބޭނުމުގެ މުބާރާތެއްގެ ތެރެއިން- ފޮޓޯ؛ މަސްވެރިކަމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
މަސްވެރިންގެ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތަށް ތަރުހީބު ދިނުމުގެ މަގުސަދުގައި ފާހަގަކުރާ ދުވަހެކެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމަށް މިދިޔަ އޭޕްރީލް މަހު 30 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.
އެހެންނަމަވެސް އަޟްހާ އީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން ވަނީ މި މުއްދަތު އިތުރުކޮށްފައެވެ.
އެގޮތުން، މަސްވެރިންގެ ދުވަސް ފާހަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ފޯމް ހުށަހަޅާނީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ކުރިން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއަށް ގަވަރމެންޓް އީ ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލުތަައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމާއި ގުޅިގެން މައުލޫމާތު ބޭނުންވާނަމަ މިނިސްޓްރީއާ (3339274) ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.