ENGLISH

03 ޖޫން 2026

Advertisement

ޗައިނާ އިންޓަނޭޝަނަލް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް

03 ޖޫން 2026

|

އައިމިނަތު ޝަފާ

ޗައިނާގައި ފަތުރުވެރިކަމާ ބެހޭގޮތުން ކުރއިަށްގެންދިޔަ ފެއާއެއްގެ ތެރެއިން.

ޗައިނާ އިންޓަނޭޝަނަލް ފެއާ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ އެވުޒާރާއިން ކުރި އިއުލާނުގައި ބުނީ މި ފެއާ ކުރިއަށްދާނި ޗައިނާގެ ޒިއަމެންގައި އަންނަ ސެޕްޓެންބަރު މަހުގެ އަށަކުން 11 އަށް ކަމަށެވެ.

މިއީ މިރޮނގުން އިންތިޒާމުކޮށްގެން ބޭއްވޭ 26 ވަނަ ފެއާއެވެ. ޗައިނާ އިންޓަނޭޝަނަލް ފެއާ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް އަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ، ބައިނަލްއަގްވާމީ އިންވަސްޓްމަންޓް މައުރަޒެކެވެ.

މި މައުރަޒުގެ މަގްސަދަކީ ޕްރެކްޓިކަލް އިންވެސްޓްމަންޓްތަކަށް ޕްލެޓްފޯމެއް ހޯދައިދީ، އިންވަސްޓްމަންޓާއި ޕޮލިސީއާ ގުޅުންހުރި މަޝްވަރާތައް ކުރިޔަށްގެންދެވޭނެ މާހައުލެއް ގާއިމްކުރުމެވެ. މީގެ އިތުރުން، ބީޓުބީ ސެޝަންތަކާއި، އިންވެސްޓްމަންޓް ސެމިނާތަކާއި، ޕްރޮޖެކްޓް ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހުކޮށްދެއެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މައުރަޒުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ބައިވެރިވާކަމުގެ މައުލޫމާތު [email protected] އަށް އީމެއިލްކުރަންޖެހެއެވެ. އަދި މައުރަޒާ ބެހޭ އިތުރު މައުލޫމާތު ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑްގެ ވެބްސައިޓުން ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު