ENGLISH

01 ޖޫން 2026

Advertisement

ތުރުކީވިލާތުގައި ބަހެއް އެކްސިޑެންޓްވެ ހިތާމަވެރި ހާދިސާއެއް: ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

01 ޖޫން 2026

|

އަޙުމަދު ޙަމީދު

ދެ ޤައުމުގެ ވެރީން --

ތުރުކީވިލާތުގެ ހުޅަނގު ބިތުގައި ބަހެއް އެކްސިޑެންޓްވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނަށް ތަޢުޒިޔާ ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިއަދުގެ ވަގުތެއްގައި ދަތުރުވެރިން ގޮވައިގެން ދިޔަ ބަހެއް އެކްސިޑެންޓްވެ، އަލިފާން ރޯވުމުގެ ސަބަބުން 8 މީހެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފަ އެވެ. މި ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާތައް ވަނީ މަރުވި މީހުންގެ ޢާއިލާތަކާއެކުގައި ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުޢާ ކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު