ENGLISH
01 ޖޫން 2026
ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް ހިއްސާކުރި މައްސަލައެއް: ތަޙުޤީޤު ފަށައިފި
01 ޖޫން 2026
|
ށ. ގޮައިދޫ --
އެންމެ މަޤްބޫލު
ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް ހިއްސާކުރި މައްސަލައަކާއި ގުޅިގެން ތަޙުޤީޤު ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހާމަކުރީ ޒިންމާދާރު މަޤާމެއްގައި ހުރި މީހަކު ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް ހިއްސާކުރި މައްސަލައެއް ފެންމަތިވެ އެކަމުގެ ކަންބޮޑުވުން އުފެދިފައިވަނިކޮށެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެމުން ފުލުހުން މިރޭ ބުނީ ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، މެއި 27 ވަނަ ދުވަހު ށ. ގޮއިދޫ އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލަ އާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަންކަން ދަނީ ބަލަމުން ކަމަށް ވެސް ބުންޏެވެ.
މި މައްސަލާގައި ހިމެނޭ މީހާ އަދާކުރަމުންދާ ވަޒީފާއިން ވަކިކޮށް އޭނާއަށް މިނިސްޓްރީން ފިޔަވަޅު އަޅާފައިވާ ކަމަށް އެމްއެމްޓީވީއަށް އެނގިފައިވެ އެވެ.