ENGLISH

28 މޭ 2026

Advertisement

މީހުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

28 މޭ 2026

|

ހަނާން އަހުމަދު ނައީމް

ރާއްޖޭގެ ކްރިމިނަލް ކޯޓު

މީހުން ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުގައި ރާއްޖެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. 

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ މޮންސެރް އަލީ (38އ) އެވެ. 

އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުންއަމުރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި މުއްދަތު ހަމަވާނީ ޖޫން 10 ވަނަ ދުވަހަށެވެ. 

އެގޮތުން، ކޯޓު އަމުރުގައި ވަނީ އެމްޑީ މޮންސެރް އަލީ ތިން މަސް ދުވަސް ވަންދެން އަނިޔާ ލިބުނުކަމަށް ބުނާ މީހާއަށް ގެސްޓްހައުސްއެއްގައި ވަޒީފާއެއް ދޭނެ ކަމަށް ބުނެ ގެންގުޅެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އަނިޔާ ލިބުނު މީހާގެ މައްޗަށް އޮތް މޮންސެރް އަލީގެ ބާރަށް ބަލާއިރު ނުފޫޒެއް ފޯރުވުމުގެ އިހުތިމާލެއް އޮތް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މޮންސެރް އަލީއަކީ ހުއްދަކުރެވިފައި އޮތް މަސައްކަތް ނޫން އެހެން ކަމެއް ކުރަމުންދާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި ބަންގްލަދޭޝް ރައްޔިތަކަށްވުމުން ރާއްޖެއިން ބޭރަށް ގޮސް ފިލުމުގެ ފުރުސަތު އޮތް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.  

ކިޔުންތެރިންގެ ހިޔާލު