ENGLISH

10 އޭޕްރީލު 2025

Advertisement

އިންޑިއާ ދަތުރުފުޅަށް ފަހު ލަންކާގެ ރަައީސް ޗައިނާ އަށް ވަޑައިގަންނަވަނީ

21 ޑިސެމްބަރު 2024

|

ހަސަން އާމިރު

ލަންކާގެ ރައީސް ޑިސަނައިކަ

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނައިކަ މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް ދާދި ފަހުން ވަނީ އަވައްޓެރި އިންޑިއާ އަށް ވަޑައިގެންފަ އެވެ. 

ޗައިނާ އަކީ ލަންކާ އަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވާ ޤައުމެވެ. ލަންކާ އަށް 2022 ވަނަ އަހަރު އިޤްތިޞާދީ މައްސަލަތައް ކުރިމަތިވި އިރު އެ ގައުމުގެ ދަރަނީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ޤައުމަކީ ޗައިނާ އެވެ. ލަންކާ ވެއްޓުނު އިގްތިޞާދީ ބޮޑުވަޅުގަނޑުން ސަލާމަތްވީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިން އެހީގެ ޕެކޭޖުގެ ސަބަބުންނެވެ. އައިއެމްއެފުން މި ޕެކޭޖް ލަންކާ އަށް ދިނުމަށް ޝަރުތު ކުރީ ޚަރަދުތައް ކުޑަކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން ފިޗް އިން އިއްޔެ ވަނީ ލަންކާގެ ރޭޓިން ސީސީސީ ޕްލަސް އަށް މަތިކޮށްފައެވެ.

ރައީސް ޑިސަނައިކަ ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގެ ވަޢުދާ އެކު އެވެ. ލަންކާގައި ދާދި ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ވެސް ރައީސް ޑިސަނައިކަގެ ޕާޓީ އަށް ވަނީ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދީފައެވެ.

މި މަހު 16 ވަނަ ދުވަހު ޑިސަނައިކަ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ވަނީ ރަތް ދޫލައިގެ މަރުޙަބާއެއް ދަންނަވައިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު