ENGLISH

24 މޭ 2026

Advertisement

އިސްލާމީ ބޭންކިންގ ދާއިރާގެ ބައިނަލްއަޤްވާމީ އެވޯޑެއް އެމްއައިބީއަށް

24 މޭ 2026

|

ހަނާން އަހުމަދު ނައީމް

އެމްއައިބީއަށް ލިބުނު ބައިނަލްއަޤްވާމީ އެވޯޑް

އިސްލާމީ ބޭންކިންގ ދާއިރާއަށް ހާއްސަ ބައިނަލްއަޤްވާމީ އެވޯޑް، އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންސްގެ ޗެމްޕިއަން އެވޯޑް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެއެވެ.

މި އެވޯޑަކީ ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް (ސީއެފްއައިކޯ) އިން ދޭ އެވޯޑެކެވެ.

އެގޮތުން، އެމްއައިބީ އަށް ލިބިފައިވަނީ "ޗެމްޕިއަން އޮފް އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026" އެވޯޑެވެ.

މިއީ އިސްލާމީ ބޭންކިންގެ ދާއިރާގައި އެމްއައިބީއިން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު ވަޒަންކޮށް ދީފައިވާ އެވޯޑެކެވެ.

ސީއެފްއައި.ކޯއިން ވަނީ، ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއެކު ވެސް ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ހިދުމަތަކަށް އެދުމުގެ މަގު ފަހިކޮށްދީ، އަތޮޅުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި އިސްލާމިކް ބޭންކުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށްފައެވެ.

މިއެވޯޑު ދިނުމުގައި ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް އެމްއައިބީގައި ގާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި، ޝަރީޢާ އަދި ބޯޑު ފެންވަރުގެ ވަރުގަދަ ނިޒާމުތައް ފާހަގަކޮށްފައިވެއެވެ.

އެމްއައިބީގެ ސްޓްރެޓެޖީ ބިނާވެފައި ވަނީ ޝަރީޢާ ހިންގުމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް އީޖާދާއި ސީދާ ބޭންކިން ޚިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ މައްޗަށްކަމަށް އެމްއައިބީން ބުނެއެވެ. އަދި ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުމާއެކު މިދިޔަ އަހަރު ބޭންކުގެ ޖުމުލަ އެސެޓް ވަނީ، 16.63 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

އެމްއައިބީއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިފައިވާއިރު ބޭންކުގެ ހިދުމަތް ރަށްރަށުގައި ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެގޮތުން އެމްއައިބީއިން އަންނަނީ އާބާދީ ބޮޑު ރަށްރަށުގައި އިތުރު ބްރާންޗުތަކާއި އޭޓީއެމް ތައް ވެސް ގާއިމްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު