ENGLISH

24 މޭ 2026

Advertisement

އީދު ކުޅިވަރުތަކުން ރާއްޖެ އިޝްތިހާރުކުރަނީ

24 މޭ 2026

|

އައިމިނަތު ޝަފާ

އީދު ކުޅިވަރުތަކުން ރާއްޖެ އިޝްތިހާރުކުރަން ވިޒިޓް މޯލްޑިވްސް އިން ވަނީ ތައްޔާރުވެފައި.

ރާއްޖޭގެ އީދު ފޯރިއާއި ސަގާފީ ހަރަކާތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) އިން ތައްޔާރުވެއްޖެ އެވެ. 

ވިޒިޓް މޯލްޑިވްސްއިން ބުނީ އަންނަ އަންގާރަދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އީދު ކުޅިވަރުތަކުގެ މަންޒަރުތައް ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ. 

އީދު ކުޅިވަރުތައް އިޝްތިހާރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްގެ ޓީމެއް ރ.މީދޫގައި ހަރަކާތްތެރިވާނެކަމަށް އެކުންފުނިން ބުންޏެވެ. މި ހަރަކާތަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ތަނެއްގެ އިތުރުން، މުއްސަނދި ސަގާފަތެއް އޮތް ގައުމެއްކަން ދުނިޔެއަށް ދައްކާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. 

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި، ރަށުގެ އިޖުތިމާއީ ގުޅުމާއި، ޒަމާނުއްސުރެ ދެމެހެއްޓެމުން އަންނަ ސަގާފީ އާދަކާދަތައް ދައްކާލާނެ އެވެ.

މިކަމާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، ރާއްޖޭގެ ރީތިކަމުގެ އިތުރުން، ދިވެހިންގެ އަސްލުވަންތަކަން ބިނާވެފައިވަނީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ މައްޗަށް ކަމަށެވެ. އަދި މި ކެމްޕޭނުގެ މަގްސަދަކީ ދިވެހި އީދުގެ ފޯރިއާއި މެހުމާންދާރީ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭރުގެ ފަރާތްތަކަށް އިހުސާސްކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ހަރަކާތަށްފަހު، މީދޫގެ އީދު ހަރަކާތްތަކުގެ މައްޗަށް ތައްޔާރުކުރެވޭ ވީޑިއޯތަކާއި އިންޓަވިއުތައް އަންނަ މަހުން ފެށިގެން ވިޒިޓް މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ފެންނަން ހުންނާނެކަމަށެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިއީ ރާއްޖޭގެ ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު