ENGLISH

22 މޭ 2026

Advertisement

ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާކޮށްފި

22 މޭ 2026

|

އައިމިނަތު ޝަފާ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު ދިފާއީ ވަޒީރު ކުރިއަށްގެންދެވި މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ދިފާއީ ވުޒާރާ.

ދިފާއީ ދާއިރާއިން ރާއްޖެއާއި އިނގިރޭސިވިލާތާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ. 

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދުގެ އަރިހަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ނެވެ. 

ދިފާއީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބައިނަލްއަޤްވާމީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު ދިފާއީ ވަޒީރު ކުރިއަށްގެންދެވި މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ދިފާއީ ވުޒާރާ.

އަދި ދިވެހިރާއްޖޭގެ ދިފާޢީ ޤާބިލުކަން ތަރައްޤީކޮށް ކުރިއެރުވުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް އިނގިރޭސި ސަރުކާރަށް ވަޒީރު ޝުކުރު އަދާކުރެއްވިކަމަށް ވެސް ދިފާއީ ވުޒާރާއިން ބުންޏެވެ. 

ދިވެހި އަސްކަރީ ގާބިލުކަން އިތުރުކޮށް، އަސްކަރިއްޔާގެ ފަންނީ ތަމްރީނުތައް ހަރުދަނާކުރުމަށް ގިނަ ގައުމުތަކަކާ އެކު ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު