ENGLISH
10 އޭޕްރީލު 2025
އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި އެއް އާއިލާއެއްގެ ހަތް ކުދިން ޝަހީދުވެއްޖެ
21 ޑިސެމްބަރު 2024
|
ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް ދިން ވައިގެ ޙަމަލާތަކުގައި އެއް އާއިލާއަކުން ޝަހީދުވި 10 މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނޭ.
އިޒްރޭލުން ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް ދިން ވައިގެ ޙަމަލާތަކުގައި އެއް އާއިލާއެއްގެ 10 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ކަމާގުޅޭ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، ޣައްޒާގެ ޖަބާލިއާގައި ހުރި ގެއަކަށް އިޒްރޭލުން ދިން ވައިގެ ޙަމަލާއެއް އަމާޒުވެ، އެ ގޭގައި ތިބި އެއް އާއިލާއެއްގެ 10 މީހަކު ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ހަތް ކުޑަކުދިން ހިމެނޭ ކަމަށެވެ.
"އެންމެ ބޮޑު ކުޑަކުއްޖާގެ އުމުރަކީ ހަ އަހަރު،" އެ އިދާރާގެ ތަރުޖަމާނު މަހްމޫދު ބައްސަލް ވިދާޅުވިއެވެ.
އެ ޙަމަލާގައި އިތުރު 15 މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް އިޒްރޭލުން ދަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ އުތުރަށް ޙަމަލާތައް ދެމުންނެވެ.
އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އެއް ހަފްތާއަށް ޙަމަލާތައް ހުއްޓާލައި، އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ރަހީނުންތަކެއް މިނިވަންކުރުން ފިޔަވައި، 14 މަހަށް ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމައަށް ދާއިމީ ޙައްލެއް ހޯދިފައެއް ނުވެއެވެ.
ނަމަވެސް، މިހާރު ޤަތަރުގައި ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، އެއްބަސްވުމަކާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ.
ޙަމާސް އިން ބުނީ، އިޒްރޭލުގެ އިސްތިޢުމާރީ ދައުލަތުން އިތުރު ޝަރުތުތަކެއް ކުރިމަތިނުކޮށްފިނަމަ، ޤަތަރާއި މިޞްރުގެ މެދުވެރިން ފަހަތުގައި އޮވެގެން، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މަޢުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.