ENGLISH

19 މޭ 2026

Advertisement

ރަސްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވެއްޖެ

19 މޭ 2026

|

އާމިނަތު ނުޒްލާ

ރަސްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

އއ. ރަސްދޫގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމަށްޓަކައި ކޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ މިހާރު 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. 

މި މަޝްރޫގެ ދަށުން ކޮނުމުގެ މަސައްްކަތް ކުރިއަށްދާއިރު، އެމްޓީސީސީ އިން ވަނީ އެސަރަހައްދުގައި ހުރި ގަސްތައް އެހެން ސަރަހައްދަށް ބަދަލުކޮށްފަ އެވެ. 

ރަސްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއަކީ އެ ރަށުގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫއެކެވެ.

ރަސްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 185 މިލިއަން ރުފިޔާއަށެވެ.

ސިއްހީ ދާއިރާ ކުރިއަރުވައި އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންގެ އިތުރުން ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު