ENGLISH
18 މޭ 2026
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މާލީ ބަޔާން ވެސް އާންމުކުރައްވައިފި
18 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފްގެ މާލީ ބަޔާން ވެސް އާންމުކުރައްވައިފި އެވެ.
އެ ބަޔާން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރައްވާފަ އެވެ. މާލީ ބަޔާނުގައިވާ ގޮތުން ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 314,664.07 ރުފިޔާ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އާމްދަނީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިވަޑައިގެންފައިވާ ކަމަކަށް މާލީ ބަޔާނުގައި ހިމަނުއްވާފައެއް ނެތެވެ. މީގެ އިތުރުން ނާއިބު ރައީސްގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް އަދި ވިޔަފާރި މަސްލަހަތެއްވެސް ނެތް ކަމަށް ހިމަނުއްވާފައިވެ އެވެ.
ބެންކުތަކުގައިވާ އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި ފައިސާގެ ތަފްސީލުތައް ވެސް ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން ބީއެމްއެލްގެ އެއް އެކައުންޓްގައި 8,390.00 ރުފިޔާ ހުރި ކަމަށް ހިމަނުއްވާފައިވެ އެވެ. އިސްލާމިކް ބެންކުގެ އެއް އެކައުންޓްގައި 39.00 އަދި އަނެއް އެކައުންޓްގައި 397.00 ޑޮލަރު ވެ އެވެ.
އެމަނިކުފާނުގެ ނަމުގައި އެއްވެސް ލޯނެއް އަދި ދަރަންޏެއް ވެސް ނެތެވެ.