ENGLISH
18 މޭ 2026
އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދަވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް ބަދަލުގެންނަވައިފި
18 މޭ 2026
|
ރައީސް ބިލެއް ތަސްދީޤު ކުރައްވަނީ --
އެންމެ މަޤްބޫލު
އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދަވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް ބަދަލުގެންނަވައިފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/12 ދެންނެވުމުންނެވެ.
މި ދެންނެވުމުގައި ވަނީ، ޤަރާރު ނަންބަރު 2025/33 އާއި 2025/34 އަށް ރިޢާޔަތްކުރައްވައި، "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދަވާފަ އެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާވެސް އަލުން ވަނީ ތަރުތީބުކުރައްވާފަ އެވެ.
މި ބަދަލާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/12 ދެންނެވުމުން ވަނީ "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާންމުކުރައްވާފަ އެވެ.
އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ"އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1140 ކަމަށާއި، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1141 ކަމުގައި ވެސް މި ދެންނެވުމުގައި ވަނީ ހާމަކުރައްވާފައެވެ.