ENGLISH

18 މޭ 2026

Advertisement

ރައީސްގެ މާލީ ބަޔާން: ހުރިހާ ތަފްސީލަކާއެކު ހާމަކުރައްވައިފި

18 މޭ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މާލީ ބަޔާން އާންމު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން އާންމުކުރައްވާ މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ވެސް ހިމަނުއްވާފަ އެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ލިބިވަޑައިގެންނެވި އާމްދަނީ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންފައިވާ އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދާ / ވިޔަފާރި މަސްލަހަތާއި ގުޅޭ މާލީ ތަފްސީލުތައް ވަނީ ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން ސްޓޭޓްމަންޓް ދިން ތާރީޚުގައި ބޭންކުގައި ހުރި ފައިސާއާ ލޯނާއި ދަރަނީގެ ތަފްސީލުވެސް ހިމަނުއްވާފައިވެ އެވެ.

މިދިޔަ ހަ މަސް ދުވަހު މުސާރައިގެ ގޮތުގައި ރައީސަށް ލިބިވަޑައިގެންފައިވަނީ 282,024.00 ރުފިޔާ އެވެ. އަދި ހުޅުމާލޭ ރޯހައުސް އަކުން ކުލީގެ ގޮތުގައި 240,000 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. އަދި އާއިލާގެކޮޅު މ. ފިޤް އިން 180,000 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އާމްދަނީއަށް ބަލާއިރު ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ގޮތުގައި 199,99.98 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. އަދި މެޑަމް ސާޖިދާގެ ނަންފުޅުގައިވާ ދިމްޔާތު ޕްރައިވެޓްލިމިޑެޓް އިން ލިބޭ މުސާރައިގެ ގޮތުގައި 78,000 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންސަލްޓަންޓްގެ މުސާރައިގެ ގޮތުގައި ހަ މަސްދުވަސްތެރޭ 4,927.32 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިލްކިއްޔާތުގައިވާ މ. ދިމްޔާތަކީ ވާރުތައިން ލިބިވަޑަައިގެންފައިވާ ބިމެއްކަން މާލީ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ހުޅުމާލެ އެމްބަރ ޓެރަސް 2 ގެ އަގަކީ 5,919,500.00 ރުފިޔާ އެވެ. ހއ. ވަަށަފަރުގައިވާ ރައީސްގެ ދިމްޔާތު ނަމަކަށްކިޔާ ބިމުގެ އަގަކީ 150,000 ރުފިޔާ އެވެ. މ. ފިޤްގެ ބައެއް ރައީސަށް ހިބައިން ލިބިވަޑައިގެންފައިވާ ކަމަށްވެސް މާލީ ބަޔާނުގައިވެ އެވެ.

އަދި 260,000 ރުފިޔާގެ ކާރެއް އެމަނިކުފާނުގެ މިލްކިއްޔާތުގައިވެ އެވެ.

ސްޓޭޓްމަންޓް ދިން ތާރީޚުގައި ބޭންކުގައި ހުރި ފައިސާގެ ތަފްސީލަށް ބަލާއިރު ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްގައި 184,845.52 ރުފިޔާ ހުރިއިރު ބީއެމްއެލްގެ ސޭވިސް އެކައުންޓްގައި 1,701,470.44 ރުފިޔާ އެބަހުއްޓެވެ. އަދި އިސްލާމިކް ބެންކުގެ ސޭވިންގްސް އެކައުންޓްގައި ވަނީ 1,000 ރުފިޔާ އެވެ.

ލޯނާއި ދަރަންޏަށް ބަލާއިރު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީން ނަންގަވާފައިވާ ލޯނަކަށް ފައިސާ ދައްކަވަމުން ގެންދަވާކަން ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން މިހާތަނަށް ނުދެއްކި ވަނީ 1,319,265.13 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު