ENGLISH

19 މޭ 2026

Advertisement

ދިވެހި ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕު ފުރައިފި

18 މޭ 2026

|

މުޙައްމަދު އަދުހަމް

އެއާޕޯޓްގައި ހާޖީން ފުރުމަަށް ތައްޔާރުވަމުން ދަނީ. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕު ފުރައިފިއެވެ.

މިއަދު ހަވީރު ސަޢޫދީ އެއާލައިނުގައި 268 ޙައްޖުވެރިން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ދިއުމަށް ފުރާފައެވެ. މިއަދު ފުރި ޙައްޖުވެރިންނަށް ޖިއްދާއަށް ދެވޭނެކަމަށް ލަފާ ކުރެވެނީ ރާއްޖެ ގަޑިން 20:45 ހާއިރުއެވެ.

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ތެރެއިން 498 ޙައްޖުވެރިން މިހާރު މައްކާއަށް ގޮސްފައިވާއިރު، ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.

ދިވެހި ޙައްޖުވެރިންގެ އެންމެހާ އިންތިޒާމުތަކެއް ޙައްޖު ކޯޕަރޭޝަނުން ފުރިހަމަަށް ހަމަޖައްސަވާފައިވާއިރު، ދިވެހި ޙައްޖު މިޝަނުން ދަނީ ޙައްޖާއި ގުޅޭ އިންތިޒާމުތައް ވަރަށް ގާތުން ބަލަމުންނެވެ.

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިންމުމަށްފަހުގައެވެ.

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު