ENGLISH

19 މޭ 2026

Advertisement

ބިލެއްދޫ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަަށްދަނީ

18 މޭ 2026

|

އާމިނަތު ނުޒްލާ

ބިލެއްދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ފ. ބިލެތްދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ( އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ކަރބްސްޓޯން އަދި ޖަންކްޝަން ބޮކްސް ކާސްޓިންގެ މަސައްކަތް ކަމަށެވެ. 

ބިލެއްދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ބިލެތްދޫ މަގުތައް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް މިދިޔަ އަހަރު ސެޕްޓެމްބަރ މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބިލެތްދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް  ބޭއްވެވި ޖަލްސާގަ އެވެ.

ބިލެތްދޫ މަގުހެދުމުގެ މަޝްރޫއަކީ 91.2 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

ބިލެތްދޫ މަގުތައް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީ އެވެ.

ކިޔުންތެރިންގެ ހިޔާލު