ENGLISH
19 މޭ 2026
ހުޅުމާލެއިން ހިލޭ ގޯތި ދޫކުރުމުން އެޗްޑީސީއަށް 15.93 ބިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް
18 މޭ 2026
|
އެންމެ މަޤްބޫލު
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ހިލޭ ބިން ދޫކުރުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބެންއޮތް އާމްދަނީގެ ތެރެއިން 15.9 ބިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން 2023 ވަނަ އަހަރު ހުޅުމާލެއިން ދޫކުރި ގޯތިތަކާ ގުޅިގެން އެޗްޑީސީއަށް ލިބިފައިވާ މާލީ ގެއްލުން ބެލުމަށް ހާއްސަ އޮޑިޓެއް ކުރުމަށް އެދުނީ ރައްޔިތުންގެ މަޖިލީހުން ނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމަށް އޭރުގެ ސަރުކާރުން ނިންމި ބިންތަކަކީ އެޗްޑިސީގެ މިލްކިއްޔާތުގައި ހިމެނޭ ބިންތަކެކެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން 4،120 މީހަކަށް 1،408 ގޯތި ވަނީ ދޫކޮށްފަ އެވެ. މިއީ ހުޅުމާލޭގެ ފޭސް ދޭއް އަދި ތިނަކުން ޖުމްލަ 2.8 މިލިއަން އަކަފޫޓުގެ ބިމެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން 2،841،400 އަކަފޫޓުގެ ބިން ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މި ބިންތައް ހިލޭ ދިނުމުގެ ސަބަބުން އެޗްޑީސީއަށް ލިބެންއޮތް އާމްދަނީގެ ތެރެއިން 14.85 ބިލިއަން ރުފިޔާއާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ގެއްލުން ވެފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމަކީ އޭގެ ސަބަބުން އެޗްޑީސީއަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު އަންދާޒާކޮށް ވަޒަންކުރުމަށްފަހު ކަނޑައަޅާފައިވާ ސިޔާސަތެއްކަން އޮޑިޓަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން 13 ނޮވެމްބަރު 2023 ގެ ނިޔަލަށް:
މީގެ އިތުރަށް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި މި ސްކީމް ހިންގި ނަމަވެސް، ގޯތި ދޫކުރުމުގައި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީފައި ނުވާކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މި ސްކީމުގެ ސަބަބުން ހުޅުމާލޭގެ ދުރުރާސްތާގެ މާސްޓަރ ޕްލޭނަށް ބަދަލު ގެންނަންޖެހި އާންމު ހިދުމަތްތަކަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިމުގެ ބޮޑު އިންސައްތައެއް ގެއްލިފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އެގޮތުން 563،642 އަކަފޫޓުގެ ބިން މި ސްކީމުގެ ސަބަބުން ގެއްލިފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.