ENGLISH
18 މޭ 2026
ކުނބުރުދޫ ޕޮލިސް ޕޯސްޓްގެ ފިނިޝިން މަސައްކަތްތައް ކުރަނީ
18 މޭ 2026
|
ކުނބުރުދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އާރްޑީސީ
އެންމެ މަޤްބޫލު
އދ. ކުނބުރުދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ ފިނިޝިން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
އާރުޑީސީން ބުނީ، އެ މަޝްރޫއުގެ ބޮޑު ބައެއް ނިމި، މިހާރު ކުރިއަށް ދަނީ އިމާރާތުގައި ނުނިމި ހުރި ކުދިކުދި މަސައްކަތްތައް ކަމަށެވެ.
ކުނބުރުދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އާރްޑީސީ
ކުނބުރުދޫގައި ފުލުހުންގެ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އދ. އަތޮޅަށް މިދިޔަ އަހަރު އޮކްޓޫބަރ މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ސަރުކާރުގެ އަމާޒަކީ މިއަަހަރު ނިމޭއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.