ENGLISH
18 މޭ 2026
ރ. މީދޫ ބަނދަރު ފުން ކުރުމުގެ މަަސައްކަތް ކުރަނީ
18 މޭ 2026
|
މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ--ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ރ.މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީން އަންނަނީ ހަލުވިކަމާއެކު މަސައްކަތް ކުރަމުންނެވެ.
މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ--ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މީދޫގެ ރައްޔިތުން ފާހަގަކޮށްލެވެނީ ތެދުވި ވަޑާމާއި ކިއްސަރު ވަޑާމުގެ ރޮގުންނެވެ. މީދޫ ބަނދަރަކީ ގިނަ ރިސޯޓްތަކުގެ އެކްސްކަރޝަން ބޭނުމަށް ގެންގުޅޭ ލޯންޗް ފަހަރު އެޅުމަށް ބޭނުންކުރާ ބަނދަރެކެވެ. އެހެންކަމުން ޖާގަ ތަނަވަސް ބަނދަރަކަށް އެރަށުގެ ރައްޔިތުން އުއްމީދުކުރާތާ ވަރަށް ގިނަ ދުވަސް ވަނީ ވެފަ އެވެ.
މި މަޝްރޫއު ނިމުމާއެކު، މީދޫ ބަނދަރުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.