ENGLISH
18 މޭ 2026
ގައުމީ އެއާލައިނުން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށައިފި
18 މޭ 2026
|
މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ ތެރެއިން. ފޮޓޯ: މޯލްޑިވިއަން
އެންމެ މަޤްބޫލު
ގައުމީ އެއާލައިން-- މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަން އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.
މިއީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަން ފެށި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި ފާހަގަކޮށްލެވޭ މި ދަތުރުތައް ފެށީ މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓެއްގަ އެވެ. މި ދަތުރުގެ ފުރަތަމަ ފްލައިޓް މިހާރު ވަނީ އޮސްޓްރޭލިއާގެ މެލްބަންއަށް ދިއުމަށްޓަކައި މީގެ ކުޑަ ވަގުތުކޮޅެއްކުރިން ރާއްޖެއިން ފުރާފަ އެވެ.
މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ފަހަރު އެވެ. މި ދަތުރުތައް ފަށާފައިވަނީ ހަ މަސް ދުވަހުގެ ޓްރަޔަލް މުއްދަތަކަށެވެ.
މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ ތެރެއިން. ފޮޓޯ: މޯލްޑިވިއަން
މިކަމާ ގުޅިގެން މޯލްޑިވިއަނުން ބުނީ ރާއްޖެއާއި އޮސްޓްރޭލިއާ އާ ދެމެދު ކުރެވުނު ފުރަތަމަ ސީދާ ދަތުރަކީ ހަމައެކަނި ވައިގެ ދަތުރުފަތުރުގެ އައު މަންޒިލެއްގެ ފެށުން ނޫންކަމަށާއި މިއީ ދިވެހިންގެ ގައުމީ އެއާލައިނުގެ ގާބިލުކަން ދައްކުވައިދޭ ދަތުރެއްކަމަށެވެ.
މީގެ ކުރިން އެހެން ގައުމުތަކުގައި ޓްރާންސިޓް ކޮށްގެން ވިހި ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ނަމަވެސް، މި ސީދާ ދަތުރުތަކާއެކު ގާތްގަނޑަކަށް އެގާރަ ގަޑިއިރުން އޮސްޓްރޭލިއާއަށް ދެވޭނެ އެވެ.
މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ ތެރެއިން. ފޮޓޯ: މޯލްޑިވިއަން
ރާއްޖޭއާއި އޮސްޓްރޭލީއާ އާ ދެމެދު ފެށި މި ތާރީހީ ދަތުރުގެ މައުލޫމާތު ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މައުލޫމާތުތައް ވަގުތުން ފޯރުކޮށްދޭ ފްލައިޓް ރާޑަރު24 އިން ވެސް ގެނެސްދީފައި ވެއެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާރިޗު މަހުގެ 19ވަނަ ދުވަހު އެވެ.