ENGLISH

15 މޭ 2026

Advertisement

މޫސުން ވަރަށް ގޯސް: ބޮޑު ބަޔަކަށް ހުދު ސަމާލު، ބޯކޮށްވާރޭވެހި ކަނޑުތައް ގަދަވާނެ

15 މޭ 2026

|

އަޙުމަދު ޙަމީދު

މިއަދު ކަނޑުތައް ވަރަށް ގަދަ

މޫސުން ގޯސްވެ މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ވަނީ ހއ އަތޮޅުން ތ އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. މިއަދު މެންދުރު 2:00 އާ ހަމަައަށް އެ ސަމާލު ދެމި އޮންނާނެ އެވެ.

މި ވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނީ މި އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. ރޭ ދަންވަރުން ފެށިގެން އުތުރަށް ވަރަށް ވިއްސާރަ އެވެ. ކަނޑުތައް ވަރަށް ގަދަވެފައި ވައި ވަރަށް ބާރެވެ.

މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު