ENGLISH

15 މޭ 2026

Advertisement

ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން: ރައީސް

15 މޭ 2026

|

އަޙުމަދު ޙަމީދު

ރައީސަށް ރަށަކުން މަރުހަބާ ދެންނެވުން

‏ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންނަށް ތަޙުނިޔާ ފޮނުއްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހަމައެކަނި މިކަމުންވެސް ހާމަވާ ކަމުގައި ވިދާޅުވި އެވެ.

‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމަށެވެ. އަދި ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމުގައި ވިދާޅުވި އެވެ.

”ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރަމުން މި އުފާވެރި ދުވަހުގެ ތަހުނިޔާ އަރިސްކުރަން،” ރައީސްގެ ޕޯސްޓް ނިންމަވާލައްވަމުން ލިޔުއްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު