ENGLISH

14 މޭ 2026

Advertisement

މި ސަރުކާރުވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް

14 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.  

ރައީސް މިފަދައިން ވިދާޅުވި މިހާރު ކުރިއަށްދާ ކޮންގްރެސްޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 

ސަރުކާރުގެ އެންމެ ހާއްސަ އެއް ސިޔާސަތުކަމަށްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ނަތީޖާއަކަށް ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ސަރުކާރަށް މި ސަރުކާރު ވެގެން ދިއުންކަމަށެވެ. 

"އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެންގެ މި ސަރުކާރުވެގެންދާނީ މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ސަރުކާރަށްކަމުގެ ޔަގީންކަން އަޅުގަނޑު ތި ލޮބުވެތި ރައްޔިތުންނަށް އަރުވަން. މީގެ ކުރީގެ ސަރުކާރުތަކުުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވަނީ އިންތިހާބުތައް ބޯމަތިވީމަ. އެއީ ފެންނަން އޮތް ހަގީގަތް. އިންތިބާު ބޯމަތިވީމަ ބިންގާ އަޅާ މަސައްކަތް ފަށާ. އިންތިހާބު ނިމޭއިރުގައި އެތަންތަނަށް މީހުންނަށް ނުވަދެވެ،". ވޭތުވެދިޔަ ދެ ސަރުކާރުގައި ވެސް ކަންކަން ކޮށްފައި އޮތީ މިގޮތަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރުކަމުގައި އެކަން ބަދަލު ކުރުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަހަށް ނިންމައި ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރުކުރުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ނަމަވެސް އެކަމަށް އެ ސަރުކާރުގެ އެއްބާރުލުން ލިބިވަޑައިނުގެންނެވިކަމަށް ވިދާޅުވި އެވެ. 

"އެކަން އެގޮތަށް ގެންދިއުމަށް ޕޮލިސީ ޑައިރެކްޝަންއެއް ނުދެއްވީމަ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑަށް އޮންނާނީ ވެރިން އަންގަވާގޮތަށް ކުރިއަށްދިއުން. އަޅުގަނޑު އިސްކަން މިދެނީ ފުރަތަމަ ދުވަހުވެސް މިކަންކަމަށް އިސްކަން ދޭން،". ރައީސް ވިދާޅުވި އެވެ. 

ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް އިސްކަންދެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުންދިން ގޯތިތަކަށް ރައްޔިތުންނަށް ވަދެވޭވަރުކުރުމަށާއި ނުނިންމާ ހުރި ފްލެޓްތަކުގެ މަސައްކަތް ނިންމުމަށްކަމަށް ރައީސް ވިދާޅުވި އެވެ. 

މިދައުރުގެ ތެރޭގައި މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ފެށިގެން މިހާރުވެސް ކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިފަދަ އެތައް މަޝްރޫއެއް ކުރިއަށް ރާވާފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު