ENGLISH

14 މޭ 2026

Advertisement

ޤަތަރަށް ކަނޑައަޅުއްވާ ސަފީރަކަށް އާދަމް ޝަރީފު، ޔޫއޭއީއަށް ޠާރިޤު އިބްރާހިމް

14 މޭ 2026

|

އާމިނަތު ނުޒްލާ

ޠާރިޤު އިބްރާހީމް އާއި އާދަމް ޝަރީފު ޢުމަރު

މި ސަރުކާރުގައި ކުރިން ވަޒީރުކަން ކުރެއްވި ޠާރިޤު އިބްރާހީމާއި އާދަމް ޝަރީފު ޢުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ބުނެފައިވަނީ، ޠާރިޤް އިބްރާހީމް އައްޔަން ކުރައްވަން ނިންމަވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ކަމަށެވެ. ޠާރިގު އިބްރާހިމް ވަނީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރުގެ މަޤާމުގެ އިތުރުން ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމުކަން އަދާކުރައްވާފަ އެވެ.

އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. އާދަމް ޝަރީފް މީގެ ކުރިން ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ މަޤާމުގަ އެވެ.

މި ދެ ވަޒީރުން ކެބިނެޓުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ދެ ބޭފުޅުން ވަޒީރުކަމުން އިސްތިއުފާ ދެއްވުމުން، ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް މި ދެ ބޭފުޅުން ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު