ENGLISH
13 މޭ 2026
މަޑަވެލީ ބިން ހިއްކުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށް
13 މޭ 2026
|
ދ.މަޑަވެލި ބިން ހިއްކުމުގެ މަސައްކަތް/ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ގދ.މަޑަވެލީ ބިން ހިއްކުމުގެ މަސައްކަތް، ސައިޓުގައި ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢު ބަހާލާފައިވަނީ ދެ ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ 8.85 ހެކްޓަރުގެ ބިން ހިއްކުމާއި، 628.70 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް އަދި 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމެވެ. މި ބަޔަށް 77.9 މިލިއަން ރުފިޔާ ޚަރަދުވާއިރު، މުއްދަތަކީ 390 ދުވަހެވެ. ދެވަނަ ފިޔަވަހީގައި 19.17 ހެކްޓަރުގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް އަދި 120 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެ އެވެ. މި ބައި އެ ކުންފުންޏާ ހަވާލުކުރީ 400 ދުވަސް ތެރޭގައި 174.58 މިލިއަން ރުފިޔާއަށް ނިންމާށެވެ.
މަޑަވެލީގެ ބޯހިޔާވަހިކަމާއި ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ވަނީ މި އަހަރު މާރޗް މަހުއެވެ. 2,095 މީހުންގެ އާބާދީއެއް އޮންނަ އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި އުދައެރުމުގެ މައްސަލައަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މަޑަވެލީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންއަންނައިރު، ސަރުކާރުން ގެންދަނީ އެއްފަހަރާ ގިނަ ރަށްތަކެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ރަށްތަކުގެ ބިން ހިއްކުމުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްތެރޭ އެއްކޮށް ވަނީ ނިންމާލާފައެވެ.