ENGLISH

10 އޭޕްރީލު 2025

Advertisement

އިންޑިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ފެރީއެއްގައި ޖެހި 13 މީހަކު މަރުވެއްޖެ

19 ޑިސެމްބަރު 2024

|

ހަސަން އާމިރު

އިންޑިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ކޮންޓްރޯލުން ނެއްޓި، ޢާންމުން ދަތުރުކުރި ފެރީއެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މިހާތަނަށް 13 މީހަކު މަރުވެފައިވާ ކަމަށް، އިންޑިޔާގެ ނޭވީއިން ބުނެފިއެވެ.

ފެރީގައި ތިބި މީހުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިންޑިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދު، ކުއްލިއަކަށް އަނބުރައިލި ވަގުތު، ކޮންޓްރޯލް ގެއްލި، ބާރު ސްޕީޑުގައި އައިސް އެތައް ސަތޭކަ މީހުން ތިބި ފެރީގައި ޖެހެއެވެ.

އިންޑިޔާގެ މުމްބާއީގައި ހިނގި މި ހާދިސާގައި ފެރީ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބި، ފަހުން އެ އުޅަނދު އަޑިއަށް ގޮސްފައެވެ.

"ޑޮކްޓަރުން ވަނީ 13 މީހަކު މަރުވެފައިވާ ކަމަށް ބުނެފައި،" މަހާރާޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު ދޭވެންދްރާ ފަދްނަވިސް ނޫސްވެރިންނަށް ވިދާޅުވިއެވެ.

އަދި އެ ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިޔާގެ ކަނޑުގެ ސިފައިން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ އެ އުޅަނދުގެ އިންޖީނަށް ދިމާވި މައްސަލައަކުން ކަމަށެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިތުރު ދެ މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު