ENGLISH
04 މޭ 2026
މޫސުން ވަރަށް ގޯސް؛ ލ އަތޮޅުން އައްޑޫއަށް ހުދު ސަމާލު، ބޯކޮށްވާރޭވެހި ގުގުރާނެ
04 މޭ 2026
|
މޫސުން ގޯސް ދުވަހެއް
އެންމެ މަޤްބޫލު
މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ލ އަތޮޅުން އައްޑޫއަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00އާ ހަމަައަށެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް މިވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން ވައިވެސް ވަރަށް ގަދަވާނެ ކަމަަށް ލަފާ ކޮށްފައިވެ އެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.
ރާއްޖެއަށް ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެވެ. އެހެން އަހަރުތަކާ ޚިލާފަށް މި ދުވަސްތަކުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަަށް މެޓުން ލަފާ ކުރެ އެވެ.
އިއްޔެ މާލެ ސަރަޙައްދަށް ވެސް މޫސުން ގޯހެވެ. ވާރޭވެހި ވައިވެސް ގަދަވި އެވެ. ރޭ ވަރަަށް ވިދި އެވެ. އަދި ބޯކޮށް ވާރޭވެސް ވެހުނެވެ.