ENGLISH

03 މޭ 2026

Advertisement

ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ވަކި ވަގުތެއްގައި ބަންދުކޮށްގެން ކުރިއަށްގެންދަނީ

03 މޭ 2026

|

މުޙައްމަދު އަދުހަމް

ސަލްޓަން ޕާކު. -- ފޮޓޯ: މިހާރު

ސަލްޓަން ޕާކު މަރާމާތުކުރުމަށްޓަކައި ވަގުތީގޮތުން ބަންދުކޮށްގެން އެ މަސައްކަތްތައް ފަށައިފިއެވެ.

އެގޮތުން، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ގެޒެޓުގައި ކުރި އިޢުލާނުގައި ވަނީ، ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް، މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 6:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.

އެ ވުޒާރާ އިން ބުނީ، ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަޙައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ކަމަށެވެ.

އަދި، އެ ކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައިވެއެވެ.

ޒަމާނީ ފެންވަރަށް ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.

ފަހުގެ ޓެކޮނޮލޮޖީއާއި، ކުޅިވަރުގެ އިތުރު ވަސީލަތްތަކާއެކު ސަލްޓަންޕާކު އަލުން ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސަލްޓަން ޕާކު މިހާރު ފެންނަން އޮތްގޮތަށް ތަރައްޤީކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި އޭރު އެތަން ހުޅުވިއިރު، ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު