ENGLISH

03 މޭ 2026

Advertisement

ނަޝީދުގެ އިއުތިރާފެެއް: ފޮޓޯ ނަގަނީ މެންބަރުން ރުއްސަން، އެއީ ފޭކު

03 މޭ 2026

|

އަޙުމަދު ޙަމީދު

ކުރީގެ ދެ ރައީސުން --

އެމްޑީޕީގައި ޚިޔާލުތަފާތުވާ ކޮންމެ ފަހަރަކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވާ ފޮޓޯއެއް ނަންގަވަނީ ޚިޔާލުތަފާތުވުން ނެތްކަން ދައްކަން ކަމަށް ދޭހަވާ މޭރުމަކުން އެމަނިކުފާނު ވާހަކަ ދައްކަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި ރަށަކަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޚިޔާލުތަފާތުވުން އުފެދުމުން ދެ ރައީސުން އެކުވެ ފޮޓޯއެއް ނަގާލާ ކަމަށާ ނަމަވެސް ހަމަ ދުވަސްކޮޅެއްވާއިރަށް ހިތްހަމަނުޖެހުން އުފެދޭ ކަމަށް ވިދާޅުވެފަ އެވެ. އެ ފޮޓޯއަކީ އެމްޑީޕީގެ މެންބަރުން ރުއްސަން ނަގާ "ފޭކު" ފޮޓޯއެއް ކަން ދޭހަވާ މޭރުމުންވެސް ނަޝީދު ވާހަކަ ދެއްކެވި އެވެ.

ނަޝީދު މިފަދަ ވާހަކައެއް މި ދެއްކެވީ ޗެއާޕާސަން އިންތިޚާބު ފަސްކުރަން ޖެހޭ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެފައިވަނިކޮށެވެ. އެކަމާ ނަޝީދު ވަރަށް ދެކޮޅު ހައްދަވަ އެވެ.

ނަޝީދު ވިދާޅުވީ ސޯލިހާ އެއްގޮތަކަށްވެސް ހިތްހަމަނުޖެހޭ އެތައް ބަޔަކު އެމްޑީޕީގައި އެބަތިބި ކަމަށެވެ. އަދި އެމަނިކުފާނާ މެދު އެއްގޮތަކަށްވެސް ހިތްހަމަނުޖެހޭ އެތައް ބަޔަކު އެމްޑީޕީގައި އެބަތިބި ކަމަށެވެ. އެހެން ކަމުން ގިނައީ ކޮން ބައެއްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަދި އެކަމަށްޓަކައި ޗެއާޕާސަން އިންތިޚާބު އަވަސްކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ފެކްޝަނުން ދަނީ ވަރުގަދައަށް ކެމްޕެއިން ހިންގަމުންނެވެ. އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ތުހުމަތުތައް ދަނީ އަޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު