ENGLISH

03 މޭ 2026

Advertisement

ވާދޫ ޖަމާލުއްދީން ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް

03 މޭ 2026

|

ހަނާން އަހުމަދު ނައީމް

ވާދޫ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ގދ.ވާދޫ ޖަމާލުއްދީން ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށިގެން ބާރު މިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) އިން ބުނެފިއެވެ.

މިކަން ހާމަަކޮށް އެމްޓީސީސީ އިން ކުރި ޕޯސްޓުގައި ވަނީ، އެ ސްކޫލުގެ 4 ކުލާސްރޫމާއި މަލްޓި-ޕާޕޮސް ހޯލުގެ މަސައްކަތް ގާތްގަނޑަކަަށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން، އެމްޓީސީސީ އިން ބުނީ މިހާރު ކުރަމުން އަންނަނީ ފުރަތަމަ ފަންގިފިލާގައި ކުރަން ޖެހޭ ކޮންކްރީޓް މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 4 ކުލާސްރޫމާއި މަލްޓި-ޕާޕޮސް ހޯލެއް ހިމެނޭހެން އައު އިމާރާތެް ބިނާކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ސަބަބުން އެރަށުގައި ކިޔަވާކުދިންނަށް ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު