ENGLISH

03 މޭ 2026

Advertisement

ޖޫންމަހުން ސެޕްޓެމްބަރުމަހަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު: މެޓް

03 މޭ 2026

|

އައިމިނަތު ޝަފާ

މާލޭގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ

އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ ޖޫންމަހުން ސެޕްޓެމްބަރުމަހަށް ވާރޭ ވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ޖޫންމަހުން ފެށިގެން ސެޕްޓެމްބަރުމަހާ ހަމައަށް މޫސުން ކުރިއަށް ލަފާކުރެވޭ ގޮތް އާއްމުކޮށްފަ އެވެ. 

އެ އިދާރާއިން ބުނީ މި އަހަރުގެ ޖޫންމަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު އާއްމުކޮށް މި ދުވަސްވަރު ވެހޭވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނު މިން އާންމުކޮށް ހުންނަވަރަށްވުރެ މަތިވާނެކަމަށް ބެލެވޭކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. 

މެއި މަހު ހުޅަނގު މޫސުން ފެށޭއިރު ކޮންމެ އަހަރެއްގެ ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދަކީ ރާއްޖެއަށް އާންމުކޮށް އެންމެ ގިނައިން ވިއްސާރަ ކުރާ ދުވަސްވަރެވެ. 

މޫސުމާ ބެހޭ އިދާރާއިން ބުނީ  ފޯކާސްޓު އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އޭޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އެއީ، ޖުމްލަކޮށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހޭނެ ގޮތަށާއި ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވިފައިވާ ގޮތްކަމަށް ބުނެފައި ވެއެވެ. 

އެ އިދާރާއިން ބުނީ މަހުން މަހަށް އަންނަ ބަދަލުތަކާއި ވަކި މަސްތަކަށް ލަފާކުރެވޭ މޫސުމާ އެކު އަދާހަމަކުރަމުން ގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު