ENGLISH

03 މޭ 2026

Advertisement

ސެންޓްރަލް ޕާކުގައި އިތުރު ޕާކިންގް ޒޯނެއް ހަދައިފި

03 މޭ 2026

|

ހަނާން އަހުމަދު ނައީމް

އެޗްޑީސީން ސެންޓްރަލް ޕާކުގައި ގާއިމްކުރި ޕާކިންގް ޒޯން- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިތުރު ޕާކިންގ ޒޯނެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދައިފި އެވެ.

އެޗްޑީސީން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މި ޕާކިންގް ޒޯން އެޗްޑީސީން ހަދާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ކައިރީގައި ހުރި ޕޮލިސް ސްޓޭޝަން އާ ދިމާލުއެވެ.

މީގެ އިތުރުން، އެޗްޑީސީން މިހާރު ގެންދަނީ އެ ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ޕާކިންގް ޒޯންގެ ސަބަބުން ސެންޓްރާލް ޕާކަށް ސައިކަލުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެޗްޑީސީން ދަނީ ހުޅުމާލެއަކީ ހިތް ފަސޭހަ، އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު