ENGLISH
03 މޭ 2026
މިދިޔަ އަހަރު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް: މަހުގެ އެސްޕޯޓު 92 އިންސައްތަ މައްޗަށް
03 މޭ 2026
|
އެންމެ މަޤްބޫލު
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް 2025 ވަނަ އަހަރަކީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުންތަކެއް ލިބި، ގައުމީ އިގްތިސާދަށް އޭގެ ފައިދާ ނުހަނު ބޮޑަށް ކުރި އަހަރެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހާމަކޮށްފި އެވެ.
އެމް.އެމް.އޭ އިން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ބާޒާރަށް ދިމާވި ގޮންޖެހުންތަކާއި ސަރަހައްދީ ހަމަނުޖެހުންތަކާ އެކުވެސް، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެގޮތުން 2024 ވަނަ އަހަރު 3.5 އިންސައްތަ ހުރި އިގްތިސާދީ ކުރިއެރުން، 2025 ވަނަ އަހަރު ވަނީ 6.3 އިންސައްތަ އަށް މަތިވެފަ އެވެ. މި ކުރިއެރުމުގައި ފަތުރުވެރިކަމާއި، މާލީ ހިދުމަތްތަކުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ނިމިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭން ބޭރުކުރި މަހުގެ މިންވަރު 92 އިންސައްތަ އިތުރުވެފައިވުމަކީ އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ކުރިއެރުން ލިބިފައިވަނީ، ރާއްޖޭގައި މަސް ބަންދުކުރާ ކުންފުނިތަކުން މަސް ގަންނަ މިންވަރު އިތުރުވުމާއި، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް މަޤުބޫލުކަން އިތުރުވުމުގެ ސަބަބުން ނެވެ.
މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ވެލިއު އެޑެޑް (GVA) އަށް ބަލާއިރު، 2024 ވަނަ އަހަރު 33.1 އިންސައްތަ ދަށަށް ދިއުމަކަށް ފަހު، 2025 ވަނަ އަހަރު ވަނީ 30.8 އިންސައްތަ ކުރިއެރުމެއް ހޯދާފަ އެވެ. އަދި މަސްވެރިންގެ އަތުން ގަތް މަހުގެ ޖުމްލަ މިންވަރު 66 އިންސައްތަ އިތުރުވެ، 88.3 ހާސް މެޓްރިކް ޓަނަށް ވަނީ އަރާފަ އެވެ.
މި ކުރިއެރުމުގެ މައިގަނޑު އަސާސަކީ ކަޅުބިލަމަހާއި ރީންދޫ އުރަހަ ކަންނެލީގެ މަސްވެރިކަމެވެ. ގަތް މަހުގެ ޖުމްލަ 82 އިނަސައްތަ ހިއްސާކުރާ ކަނޑުމަސް ގަތް މިންވަރު 80 އިންސައްތަ އިތުރުވެފައިވާއިރު، ޖުމްލަ ހިއްސާގެ 17 އިންސައްތަ ހިއްސާކުރާ ކަންނެލި މަސް ގަތް މިންވަރު ވަނީ 20 އިންސައްތަ އިތުރުވެފަ އެވެ. މި ދެ ބާވަތަކީ ރާއްޖޭގެ މަސްވެރިކަމުގެ ޖުމްލަ އުފެއްދުމުގެ 99 އިންސައްތަ އެވެ.
ބޭރު ފައިސާ ހޯދުމަށް މަސް ބޭރުކުރި މިންވަރަށް ބަލާއިރު، ޖުމްލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މީގެ ތެރެއިން ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު 158 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި، ދަޅުގައި ބަންދުކުރި މަސް އަދި ހިކިމަސް ބޭރުކުރި މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. މި ކުރިއެރުމާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު އާމްދަނީ ވަނީ 56 އިންސައްތަ (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފަ އެވެ.
ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް މަސްވެރިކަމުގެ ސިނާއަތުން ކުރި މަސައްކަތުގެ ތެރެއިން، ޖުމްލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ގަނޑުކުރި ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު 158 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި ބޭރުކުރި މިންވަރު ، ދަޅުގައި ބަންދުކުރި މަސް އަދި ހިކިމަސް ބޭރުކުރި މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. މި ކުރިއެރުންތަކާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 56 އިންސައްތަ (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފަ އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ މަސްވެރިކަމުގެ ސިނާއަތަށް އައި މި ބޮޑު ބަދަލަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަން ތަރައްގީކޮށް ހަރުދަނާކުރުމަށް އެކަށައަޅުއްވައި ތަންފީޒުކުރެއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ސިފަކުރައްވާކަމަށެވެ.