ENGLISH
03 މޭ 2026
"ލަމްހާ" މި ފިލްމުން 15 އަހަރުން މަތީ ކޮންމެ މީހަކަށް ރަނގަޅު މެސެޖެއް ލިބިގެންދާނެ
03 މޭ 2026
|
ލަމްހާ މިހާރު އޮލިމްޕަހުގެ ސިނަމާގައި އަޅުވަމުންދަނީ--
އެންމެ މަޤްބޫލު
ދިވެހި ފިލްމީ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކުން އިންތިޒާރު ކުރަމުންދިޔަ މުހައްމަދު ހިލްމީގެ އައު ފިލްމު “ލަމްހާ” މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވަމުންދާއިރު، މި ފިލްމަކީ އުމުރުން 15 އަހަރުން މަތީގެ ކުދިންނަށް ވަރަށް ރަނގަޅު މެސެޖެއް ލިބިގެންދާނެ ފިލްމެއް ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ހައުސް އިން ބުނެފި އެވެ.
މި ފިލްމުގައި ދައްކުވައިދެނީ އެކަނިވެރި މައެއްގެ ދަރިއެއް ސްކޫލްގައި ކިޔަވަމުންދާއިރު، ކުއްޖާއަށް ދިމާވާ ކަމަކުން އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ.
“ލަމްހާ” އަކީ އާއިލީ އަދި އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރ ބުނީ، މި ފިލްމުގެ މައިގަނޑު މަގްސަދަކީ ދިވެހި މުޖުތަމައުގައި ހުރި ބައެއް ހަގީގީ މައްސަލަތަކަށް އަލިއަޅުވާލައި، މުނިފޫހިފިލުވުމުގެ ތެރެއިން މުހިންމު މެސެޖުތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
"ލަމްހާ" ފިލްމުގެ މަންޒަރެއް--
ފިލްމުގެ ޑައިރެކްޓަރު ހިލްމީ ބުނި ގޮތުގައި، މި ފިލްމަކީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތުން އުފެއްދި ފިލްމެކެވެ. ބެލުންތެރިންނަށް މި ފިލްމު ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ފިލްމުގެ ފުރަތަމަ ޝޯއަށް ފަހު ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.
ހިލްމީ ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކުރި ފިލްމުގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އައިޝާ އަލީ އެވެ. ލަމްހާގެ މައިގަނޑު ކާސްޓްގައި އޭނަގެ އިތުރުން ހިމެނެނީ އަހުމަދު ޝާރިފާއި ނުޒުހަތު ޝުއައިބްގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ.
މި ފިލްމުގް ޕްރޯޑިއުސަރު ބުނީ،ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ލިބެން ހުންނާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ އިތުރު ޝޯތައް ދައްކާނެ ކަމަށެވެ.
މުހައްމަދު ހިލްމީއަކީ މީގެ ކުރިންވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއް ފިލްމީ ދާއިރާއަށް ގެނެސްދީފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެ އެވެ.