ENGLISH
02 މޭ 2026
ކޮންގްރެސް ޕާޓީގެ ތަރުޖަމާންގެ މަޤާމަށް އުސްތާޛު ފިރުޒުލް
02 މޭ 2026
|
އުސްތާޛު މުޙައްމަދު ފިރުޒުލް
އެންމެ މަޤްބޫލު
ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް އުސްތާޛު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސަވައިފި އެވެ.
އެކަން އެ ޕާޓީން މިރޭ ވަނީ ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ. ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ތަރުޖަމާނަކަށް އުސްތާޛު މުޙައްމަދު ފިރުޒުލް ހަމަޖައްސަވާފައިވާ ކަމަށެވެ. ކޮންގްރެސް އިން ވަނީ މެންބަރުންގެ ނަމުގައި ފިރުޒުލްއަށް މަރުޙަބާ ދަންނަވާފަ އެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސްގެ ތަރުޖަމާންކަން ކުރެއްވީ ފިރުޒުލް އެވެ.