ENGLISH

02 މޭ 2026

Advertisement

ޤައުމު މިދެކޭ ތަރައްޤީގެ ހައްގުވެރިންނަކީ ދިވެހި މަސައްކަތްތެރީން: ޤާސިމް އިބްރާހީމް

01 މޭ 2026

|

އާމިނަތު ނުޒްލާ

ޤާސިމް އިބްރާހިމް-- ފޮޓޯ: އެމްއެމް ޓީވީ

މިއަދު ފާހަހަކުރަމުން މިދާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވައިފި އެވެ.

ޤާސިމް އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޤައުމު މިދެކޭ ތަރައްޤީގެ ހައްގު ވެރިންނަނީ ދިވެހި މަސައްކަތްތެރީން ކަމަށެވެ. އަދި ޤައުމު ކުރިއަށް އޮތް ތަކުގައިވެސް ކުރިއެރެމުގެ އެންމެ އިސް ރޯލެއް އަދާކުރާނެ ބަޔަކީ މަސައްކަތްތެރިންކަން ފާހަގަކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އިބްރާހީމް ޤާސިމްއަކީ ދިވެހިންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރި އެކެވެ. އެގޮތުން ވިލާ ޓްރެވެސްގެ ދަށުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި ވިލާ ގޭސް، ވިލާ ޓީވީ، ވިލާ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ ރިސޯޓް ވިޔަފާރިވެސް ހިމެނެ އެވެ. އެހެންކަމުން ގާސިމްއަކީ ރާއްޖޭގެ ވަރަށް ގިނަ މަސައްކަތްތެރިން ގެންގުޅުއްވާ ބޭފުޅެވެ.

މަސައްކަތްތެރިންނަކީ ކޮންމެ މުޖްތަމަޢުއެއްގެވެސް އެންމެ މުހިންމު އަސާސީބައެވެ. މުޖްތަމަޢުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފައިވަނީ އެ މުޖްތަމަޢުއެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ތަފާތު އެކި މަސައްކަތްތައް ކުރާ ފަރާތްތަކާ އެވެ. އެ މުޖްތަމައުގެ ކޮންމެ ފަރުދަކީވެސް ރަނގަޅު މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމުގެ ހައްޤު ލިބިގެންވާ މީހެކެވެ.

މިއަދު މި ދުވަސް ފާހަގަކުރާއިރު، ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖޭގައި ކޮންމެ ފަރުދަކީވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު ފަހިވެފައިވާ ފަރުދަކަށް ހެދުމެވެ. ސަރުކާރުން މިކަން ކުރުމަށް ތަފާތު އަންނަނީ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު