ENGLISH

10 އޭޕްރީލު 2025

Advertisement

ސޫރިޔާގެ ރައްޔިތުންނަށް ބަސްބުނެވޭ ގޮތަށް ސިޔާސީ ނިޒާމު ބައްޓަން ކުރަން އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލައިފި

18 ޑިސެމްބަރު 2024

|

ހަސަން އާމިރު

ސޫރިޔާގެ ރައީސް ބައްޝާރް އަލް އަސަދުގެ ވެރިކަން ވައްޓާލާފައިވާއިރު، ރައްޔިތުންނަށް ބަސްބުނެވޭ، އެންމެންގެ ބައިވެރިވުން އޮންނަ ގޮތަށް ސިޔާސީ ނިޒާމު ބައްޓަންކުރަންޖެހޭ ކަމަށް އދ.ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުން ބުނެފިއެވެ.

ސޫރިޔާގެ މަސްރަހް އާ ގުޅިގެން، އދ.ގެ ސަލާމަތީ މަޖިލީހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، މެދުއިރުމަތީ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އެއްވެސް ޤައުމަކުން ޢަމަލު ނުކުރުމަށް ވެސް ގޮވާލައިފައެވެ.

"މި ސިޔާސީ މަރުޙަލާ އަކީ، ސޫރިޔާގެ ހުރިހާ ރައްޔިތުންގެ އުންމީދުތައް ފުއްދައިދީ، އެ އެންމެން ހިމާޔަތްކޮށް، ސުލްޙަވެރިކަމާއި މިނިވަންކަމާއި ޑިމޮކްރެޓިކް އުޞޫލުތަކުގެ ތެރެއިން، އަމިއްލަ މުސްތަޤްބަލު ކަނޑައެޅުމަށް މަގުފަހިކޮށްދޭން ޖެހޭ މަރުޙަލާއެއް" ބަޔާނުގައިވެއެވެ.

ބައްޝާރު އަށް އެންމެ ބޮޑަށް ވާގިވެރިވާ ރަޝިޔާ ވެސް ހިމެނޭ ކައުންސިލުން ވަނީ، ސޫރިޔާގެ އިސްތިޤުލާލާއި، މިނިވަންކަމާއި ސަރަޙައްދީ "ސީރިއާގެ އިސްތިގުލާލާއި މިނިވަންކަމާއި އެއްބައިވަންތަކަމާ އަދި ސަރަޙައްދީ އެއްބައިވަންތަކަމަށް ބާރު އަޅައި، މި ހަމަތަކަށް އިޙްތިރާމް ކުރުމަށް ހުރިހާ ޤައުމުތަކަށް ގޮވާލައިފައެވެ.

ވަކިން ޙާއްސަކޮށް، ސޫރިޔާގެ އަވައްޓެރި ޤައުމުތަކުން ވެސް އެކަކު އަނެކަކުގެ ސަލާމަތާއި ރައްކާތެރިކަން ހީނަރުވާ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ، ސޫރިޔާގެ ހަނގުރާމަ އަދި ނުނިމޭ ކަމަށް، އެ ޤައުމަށް އދ.އިން ކަނޑައަޅާފައިވާ މަންދޫބު ވިދާޅުވެފައިވަނިކޮށެވެ.

އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓުނީ، ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކަށްފަހު، ބޮޑެތި ސަހަރުތައް ހިފުމާ ގުޅިގެންނެވެ.

ސޫރިޔާގައި މިހާރު ވަނީ އެޗްޓީއެސްގެ ވަގުތީ ސަރުކާރެއް ޤާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު