ENGLISH
01 މޭ 2026
އައިވީއެފް ދިވެހިންނާ ހަމައަށް ގެނެސްދެއްވުން؛ އެތައްހާސް ހިތަކަށް ލިބުނު ފަރުވާއެއް
01 މޭ 2026
|
އެންމެ މަޤްބޫލު
ދަރިން ނުލިބުމަކީ ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރާ ކަމަކަށްވާއިރު އެކަމަށް ބޭނުންވާ ފަރުވާއަކީ ހަރަދު ބޮޑު ވަގުތުވެސް ނަގާ ކަމެކެވެ. އެ ފަރުވާ ހޯދަން ކުރަންޖެހޭ ހުރިހާ ހަރަދެއް އަމިއްލަ ޖީބުން ކުރަންޖެހޭ ގޮތަށް އޮތްއިރު، ރާއްޖޭގެ އަމިއްލަ ހޮސްޕިޓާތަކުން އެ ފަރުވާ ތައާރަފުކުރިއިރު ސަަރުކާރުގެ މައި ހޮސްޕިޓަލަކުން އެ ފަރުވާއެއް ނުލިބެއެވެ. ރާއްޖޭގައި ދަރިމައިވުމާ ގުޅޭ ފަރުވާ އެކަށީގެންވާ މިންވަރަށް ލިބެން ނެތްއިރު، ގައުމީ ސިއްހީ އިންޝުއަރޭންސް ސްކީމު އާސަންދައިގެ ދަށުން އެ ފަރުވާއެއް ނުލިބެއެވެ.
މިއީ މީގެ ދެ އަހަރު ދުވަސްކުރިން ދަރިމައިވުމުގެ ފަރުވާއަށް ބޭނުންވެފައި ތިބި މީހުންގެ ޝިކާޔަތެވެ. އެ ޝަކުވާއަކީ އެއިރު ކަން އޮތް ގޮތެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަަވާލުވެވަޑައިގަތީ މިފަދަ މައްސަލަތައް ދިރާސާކުރައްވަައި އެ މައްސަލަތަކަށް އެކަށީގެންވާ ހައްލުތައް ހޯއްދަވައިދެއްވަައި، ކޮންމެ މައްސަލައެއްވެސް ވަށާޖެހޭ ގޮތަށް، ދެމެހެއްޓެނެވި އުސޫލުތަކަކާއި އިންތިޒާމުތަކެއްގެ ތެރެއިން ހައްލުކޮށްދެއްވުމުގެ ނިޔަތާއި އަޒުމުގައެވެ.
އާސަންދައިގެ ދަށުން ލިބޭ ފަރުވާތަކުގެ ތެރޭގައި އައިވީއެފް ހިދުމަތް ކުރިން ނުހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑު ހަރަދުކޮށްގެން ހޯދަންޖެހޭ މި ފަރުވާ ބޭނުންވާ މީހުންނަށް މަޖުބޫރުވަނީ އަމިއްލަ ޖީބުން ހޭދަކޮށްގެން ފަރުވާ ހޯދާށެވެ. މި މުހިއްމު ފަރުވާ އާސަންދައިގެ ކަވަރޭޖުގެ ތެރޭގައި ނުހިމެނި އޮތް ސަބަބެއް އެނގިވަޑައިގަންނަވާނީ އެގޮތަށް އެކަން ދޫކޮށްލަައްވައިގެން ތިއްބެވި ވެރިންނަށެވެ. ފަހަރުގައި ދަރިމައިވުމުގެ ސިއްހަތަކީ، އަދި ދަރިމައިވުމުގެ ބަލިތަކާ ގުޅޭ ފަރުވާއަކީ އާސަންދަ ބޭނުންވާ ވަރުގެ ހައްސާސް ޒަރޫރަތެއް ކަމަށް އެ ބޭފުޅުންނަށް ފެނިވަޑައިނުގަތީއެވެ.
ނަމަވެސް ރައީސް ޑރ.މުޢިއްޒުގެ ވިސްނުންފުޅު ތަފާތެވެ. އެތައް ސަތޭކަ އާއިލާއެއް ތަހައްމަލުކުރަމުންދިޔަ ތަކުލީފުތަކުގެ ބޮޑުކަމާއި ބުރަކަން އެންމެ ފުރަތަމަ އިހުސާސްވެވަޑައިގަތް ދިވެހި ވެރިއަކީ ރައީސް މުއިއްޒެވެ. އެމަނިކުފާނު ނިންމެވީ އާސަންދައިގެ ތެރެއިން އައިވީއެފް ހިދުމަތް ފޯރުކޮށްދެއްވުމަށެވެ. އާސަންދައިގެ ކަވަރޭޖު ފުޅާކުރައްވައި އެ ކަވަރޭޖުގައި އައިވީއެފް ހިމެނުއްވިއެވެ.
2024 ވަނަ އަހަރުގެ މާރިޗު މަހުގައި އާސަންދައިގެ ދަށުން އައިވީއެފް ފަރުވާ ހޯދުމުގެ ފުރުސަތު ހުޅުވައިލެއްވިއެވެ. އެ އަހަރުގެ ތެރޭގައި 100 ދެމަފިރިއަކަށް އެ ފުރުސަތު ދެވުނެވެ. ބެޗުތަކަކަށް ބަހާލައިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް ގިނަ ބަޔަކަށް އެ ހިދުމަތް ހަމަޖެހުނެވެ.
މިހާރުވެސް އެ އުސޫލުތަކާ އެއްގޮތަށް އާސަންދައިން އައިވީއެފްގެ ފަރުވާއަށް ކަވަރޭޖު ހަމަޖައްސައިދެމުންދެއެވެ. ދެ އަހަރުގެ މުހުލަތަކަށް އެ އެހީތެރިކަން އާސަންދަ މެދުވެރިކޮށް ލިބެމުންދާނެއެވެ. މި އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް 68 ފަރާތަކަށް އާސަންދައިގެ ދަށުން އައިވީއެފް ފަރުވާ ލިބި 23 ފަރާތަކަށް އައިވީއެފް ކާމިޔާބުވެފައިވެއެވެ.
އޮކްޓޯބަރު 27، 2024 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު ވަރަށް މުހިއްމު ކަމެއް އިއުލާނުކުރެއްވިއެވެ. އެއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ހުޅުވިގެންދާނެ ކަމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
ހަލީމު ދެއްވި އެންމެ ބޮޑު އުފާވެރި ހަބަރަކީ އެ ސެންޓަރުން އައިވީއެފް ހެދޭނެ ކަމުގެ ހަބަރެވެ. އެހައިތަނަށް ރާއްޖޭގައި އައިވީއެފް ހިދުމަތް ފޯރުކޮށްދެމުންއައީ އަމިއްލަ ހޮސްޕިޓަލެއްގައި އެކަންޏެވެ. ސަރުކާރު ހޮސްޕިޓަލަކުން އެ ހިދުމަތް ލިބުމަކީ ހިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކުލީފު ކުޑަވެ، އައިވީއެފް ފަރުވާ ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ މިންވަރު މަދުވާނެ ކަމެކެވެ.
އަބްދުލްހަލީމް އެފަދައިން ވިދާޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ނޮވެންބަރު 17 2024 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވިއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވުނު ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ފަރުވާގެ ހުރިހާ މަރުހަލާތަކެއް ކުރިއަށްގެންދެވެއެވެ. ބިސް ނެގުމާއި އެމްބްރިޔޯ ގަރުބަގެންނެވުމާ ހަމައިން ވިއްސުމާ ހަމައަށް ހުރިހާ ހިދުމަތެއް އެ މަރުކަޒުން ފޯރުކޮށްދެއެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް 86 އަންެހެންގެ ބިސް ނަގައި ރައްކާކޮށްފައިވާއިރު 68 އަންހެނެއްގެ ރަހިމުގައި ދަރިމައިކުރެވިފައިވާ ބިސް އިންދާފައިވެއެވެ. އަދި އެ މަރުކަޒުން ފަރުވާދިން 20 އަންހެނެއްގެ ބަނޑުގައި ދަރިފުޅު ގަރުނބަގަނެ ފަރުވާ ކާމިޔާބުވިއެވެ. އެ މަރުކަޒުގައި ފަރުވާ ފުރިހަމަކޮށްގެން ދެ ކުއްޖަކު އުފަންވެފައިވެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެންނަވާ ބަދަލުތަކަކީ އެ ބަދަލުތަކުގެ ބޮޑު މަންފާއެއް އަންނާން އޮތް ޖީލުތަކެއް ލިބޭ ބަދަލުތަކެވެ. މިއީ އެފަދަ ބަދަލެކެވެ. ދަރިމައިވުމުގެ ސިއްހަތުގެ މައްސަލަތައް އިތުރުވަމުންދާއިރު، އެކަމުގެ ފަރުވާއަށް ފަރުދުން ކުރަންޖެހޭ ހޭދަވެސް ބޮޑުވެ، އާއިލާތައް އުފެދުމަށް ހުރަސްއެޅިދާނެ ހާލަތެއް އުފަންވުމުގެ ކޮޅުމަތި ފެންނަމުންދަނިކޮށް، ކުރިއާލައި އެކަމަށް ފިޔަވަޅުއެޅުއްވީއެވެ.
އިންސާނީ ނަޒަރަކުން ބަލާއިރު ލޯތްބާއި ކުލުނާއެކު ފަށާ ޒަވާޖީ ހަޔާތުގެ ރޫހުކަމުގައިވާ ދަރީން ނުލިބުމުގެ ހިތްދަތި އިހުސާސްތަކާއި ވޭނުގައި، އެކަމުގެ ކެކުޅުމުގައި ދިރިއުޅެމުންއައި އެތަސް ސަތޭކަ ޖޯޑަކަށް އުންމީދު ދެއްވީ ރައީސް ޑރ.މުޢިއްޒގެ ސިޔާސަތެވެ.