ENGLISH
30 އޭޕްރީލު 2026
ރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލާ ގުޅޭ ޚާއްޞަ ސަމިޓް ކާމިޔާބުކަމާއެކު ނިންމާލައިފި
30 އޭޕްރީލު 2026
|
މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް ޑިޖިޓަލް ސަރވިސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ޑިޖިޓަލް އިންގިލާބަށް މަގުކޮށްދިނުމުގެ ގޮތުން ބޭއްވި "މޯލްޑިވްސް ޑިޖިޓަލް ސަމިޓް" ބާސެލޯ ނަސަންދުރާގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސްއާއި ވޯލްޑް ބޭންކު ގުޅިގެން މިމަހުގެ 27 އިން 29 އަށް ކުރިއަށްގެންދިޔަ މި ސަމިޓަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން "ޑިޖިޓަލް ފަސްޓް ނޭޝަން" އެޖެންޑާ ތަންފީޒުކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ.
މި ސަމިޓުގައި ސަރުކާރުގެ ވުޒާރާތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މައިންޑްކޯ އަދި ޑީއެންއާރުގެ އިސްވެރިންގެ އިތުރުން ވޯލްޑް ބޭންކުގެ ފަރާތްތަކުން ބައިވެރިވިއެވެ. ސަމިޓުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިވެ، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް އަވަސްކުރުމަށް މަގުފަހިވެގެންދިޔަކަމަށެވެ. މިއީ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ، ހެއްކާއި މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް ކިނާނަތު ވިދާޅުވިއެވެ.
މި ސަމިޓުގައި ބައިނަލްއަގްވާމީ ފަންނީ ތަޖުރިބާކާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި، މޯލްޑޯވާގެ ކުރީގެ ޑިޖިޓަލައިޒޭޝަން ބޮޑުވަޒީރު އިއުރީ ޓުރްކާނޯ އާއި ދެކުނު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެ ނައިބު ރައީސް ޔޫން ސިއޮކް ކޯ އަދި އިނގިރޭސިވިލާތުގެ ގަވަރމަންޓް ޑިޖިޓަލް ސަރވިސްގެ ކުރީގެ ޕްރޮގްރާމް ޑިރެކްޓަރ ޖެސިކާ މެކްއެވޮއީ ހިމެނިވަޑައިގަންނަވައެވެ.
ސަމިޓުގެ ތެރެއިން ރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލް ބައްޓަންކުރާނެ މުހިންމު ދާއިރާތަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި:
މި ސަމިޓަކީ ދިވެހި ސަރުކާރުން ޓެކްނޮލޮޖީގެ އެހީގައި އާންމު ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމު ބައެކެވެ.
މޯލްޑިވްސް ޑިޖިޓަލް ސަމިޓް ރާއްޖޭގައި ބޭއްވިއިރު، ރާއްޖެ ޑިޖިޓައިޒް ކުރުމުގެ މަސައްކަތުގައި މިހާތަނަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.