ENGLISH

28 އޭޕްރީލު 2026

Advertisement

185 ކިލޯއަށްވުރެ ގިނަ ޑްރަގް ނައްތާލައިފި

28 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މަސްތުވާތަކެތި ނައްތާލުން. ފޮޓޯ:ފުލުހުން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ފުލުހުން ބުނީ މި ތަކެތި ނައްތާލާފައިވަނީ އިއްޔެ ދޫނިދޫގައި ކަމަށެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4،690 ރަބަރު ޕެކެޓާއި 2،768 ސެލޯފިންކޮޅާއި ފިލްމުހުސްކުރި 335 ދަޅާއި، 462 ބުލެޓުގެ އިތުރުން 3،437 މަނާ ބޭސްގުޅަ އެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 1،809 އައިޓަމެއް ނައްތާލާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަސްތުވާތަކެތި ނައްތާލުން. ފޮޓޯ:ފުލުހުން

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލަންޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު