ENGLISH

28 އޭޕްރީލު 2026

Advertisement

ދޮގު އިލްޒާމް އަޅުވައި، ނަފްރަތާއި ފަސާދަ އުފައްދާއިރު އެކަން ބެލެންވާނެ: ޚަލީލް

27 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް

މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޚަލީލް މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ޚަލީލް ވިދާޅުވީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ ކަމަށެވެ.

އަދި ވިދާޅުވީ މިފަދަ މަދު "ނޫސްވެރިން"ގެ ސަބަބުން މުޖްތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލި، އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމަށެވެ. މިފަދަ މަދު ނޫސްވެރިން ގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަންއަށް ހުތުރު ނަމާއި ބަސްތައް އަމާޒުވާކަން ޚަލީލް ފާހަގަ ކުރެއްވި އެެވެ.

‏"އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ވިޔާނުދާ ކަންކަން ނޫސްވެރިކަމުގައި ދިމާވަނީ، ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް، ޝަރުތެއް އަދި ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ވެސް ނެތުމުން. ގައުމެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބުނެއުޅޭއިރު، އެބާރުގެ 'ވަޒީފާ' ގައި ތިބެންވާނީ ވެސް އެކަށީގެންވާ ތަމްރީނުލިބިފައިވާ، ކަނޑައެޅޭ ޝަރުތު ތަކެއް ފުރިހަމަވާ ހުނަރުވެރިން," ޚަލީލްގެ ވިސްނުން ހާމަކުރައްވާ ވިދާޅުވި އެވެ.

‏ޚަލީލް ވިދާޅުވި ގޮތުގައި ޒިންމާދާރު، މިނިވަން ނޫސްވެރިކަމަކީ ގައުމުގެ އިޖްތިމާއި ފޭރާމުގެ މުހިންމު ގުނަވަނެކެވެ.

ކިޔުންތެރިންގެ ހިޔާލު