ENGLISH

28 އޭޕްރީލު 2026

Advertisement

ސޯލިހާއި މީކާއީލްގެ ޓީމު މޮޅުވެއްޖެނަމަ އެމްޑީޕީގެ ނަމުގައި އޮންނާނީ "ތޮށިގަނޑެއް": އިންތި

27 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އިމްތިޔާޒް ފަހްމީ --

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މީކާއީލް އަޙްމަދު ނަސީމް އިންތިޚާބުވެއްޖެނަމަ އެމްޑީޕީގެ ނަމުގައި އޮންނާނީ "ތޮށިގަނޑެއް" ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އިމްތިޔާޒް ފަހްމީ ވިދާޅުވެއްޖެ އެވެ.

އިމްތިޔާޒަކީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. ނަޝީދުގެ ޓީމާއެކު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އިންތި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަނުން ގެންދަނީ އެމްޑީޕީގެ ބާރު ހޯދުމަށް ވަރުގަދަ ކެމްޕެއިނެއް ހިންގަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްތިޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މީކާއީލް އަޙްމަދު ނަސީމް އިންތިޚާބުވެއްޖެނަމަ އެމްޑީޕީގެ ނަމުގައި އޮންނާނީ "ތޮށިގަނޑެއް" ކަމަށެވެ.

"ތިޔަ ބަޔަކު ތިޔަ ޕާޓީއަކާ އަލުން އާ އަހަރުތަކަކަށް ހަވާލުވެވޭ ގޮތް ވެވިއްޖެނަމަ، އެމްޑީޕީގެ ނަމުގައި އޮންނާނީ އުމަރު ނަސީރު ބުނާހެން ތޮށިގަނޑެއް," މީކާއީލް އިންތިޚާބުވެއްޖެނަމަ ވާނެ ގޮތް ކަމަށް ސިފަަކޮށް އިމްތިޔާޒު ވިދާޅުވި އެވެ.

މީކާއީލްގެ ޓީމުގައި ގެންގުޅޭނެ ގަވާއިދެއް، އުސޫލެއް، ފަލްސަފާއެއް އަދި ފިކުރެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިމްތިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ގިނަ މެންބަރުންތަކެއް މީކާއީލް އެންޑޯސްކުރުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމާއި ގުޅޭގޮތުން އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓެއް ކުރުމާއި ގުޅިގެންނެވެ.

ފަހުން އެ ޕޯސްޓް އެމްޑީޕީން ވަނީ ޑިލީޓްކޮށްފަ އެވެ.

މިއަދު އޮތް ބައްދަލްވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ 12 މެންބަރުންގެ ތެރެއިން 8 މެންބަރަކު ވަނީ މީކާއީލް އެންޑޯޒް ކޮށްފަ އެވެ. ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުގެ ތާއީދު ވެސް އޮތީ މީކާއީލަށެވެ.

ކިޔުންތެރިންގެ ހިޔާލު